ads
ފޮރިން މިނިސްޓަރު މޫސާ ޒަމީރު
ރަސްމީ ދަތުރުފުޅެއްގައި ޒަމީރު ބެލްޖިއަމަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ޒަމީރު ބެލްޖިއަމްއަށް ދަތުރުކުރައްވަނީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކުރުމަށެވެ.

އެގޮތުން، މިނިސްޓަރ ބެލްޖިއަމްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އީޔޫގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ. 

އަދި މީގެ އިތުރުން، އީޔޫގެ އެކި ބޭފުޅުންނާ ބައްދަލުކުރައްވާ މާލީގޮތުން ފައިދާކުރަނިވިގޮތަށް މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ.

ހާރިޖިއްޔާއިން އިތުރަށް ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން މިނިސްޓަރު، އީޔޫގެ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް