ads
މާލޭ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޭޔަރު ގޮވާލައްވައިފި
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަަށް ކަމާބެހޭ ފަރާތްތަކަށް މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް(ޕީޖީ) ހުސެއިން ޝަމީމްއަށް މިއަދުަ ހެނދުނު ބަޔަކު މަރުތޭއްޔަކުން ހަމަލާދީފަވަނިކޮށް، މޭޔަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޖީއަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށެވެ. 

އާޒިމް ވަނީ މާލޭގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވައިފައެވެ.

"‏އަދި މާލޭ މޭޔަރުގެ ހައިސިއްޔަތުން ‏މާލޭ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ، މަގުތަކަކީ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރިކަމާއި އަމާން ކަމާއި އެކު އުޅެވޭނެ ތަންތަންކަމުގައި ހައްދަވައި ދެއްވުމަށް ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާން." އާޒިމް ވިދާޅުވި އެވެ.

 ދިރިއުޅުއްވާ ގެ ކައިރިން ޝަމީމްއަށް މިއަދު ހެނދުނު މަރުތޭލަކުން ހަމަލާދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ޝަމީމު މިހާރުވަނީ ގެއަށް ދޫކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްއަށް އަމާޒުކޮށް މަރުތޭލަކުން ދިން ހަމަލާ އަމާޒުވީ އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށެވެ. ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

ޝަމީމްއަށް ދިން ހަމަލާ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސްވެރިން އަންނަނީ ކުށްވެރިކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް