ads
ފިޔާތަކެއް--
އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިސް ވިއްކަނީ ކޯޓާ އެއްގެ ދަށުން!
ބާޒާރުގައި ފިޔާ، އަލުވި އަދި ބިހުގެ އަގު އުފުލުމާ ގުޅިގެން ކޮންޓްރޯލްކޮށްގެން އެ ތަކެތި ވިއްކަން އެސްޓީއޯއިން ފަށައިފި އެވެ.

އެގޮތުން ފިޔާ އަދި އަލުވި ކިލޯއެއް 12 ރުފިޔާ އަށް ވިއްކާ އިރު، މީހަކަށް ނުވަތަ އައިޑީ ކާޑަކަށް ވިއްކަނީ އެއް ކިލޯއެވެ. އަދި އެއް ރުފިޔާ ފަންސާސް ލާރިއަށް ބިހެއް ވިއްކާ އިރު، އައީޑީކާޑަކަށް ވިއްކަނީ އެއް ޓްރޭ ބިހެވެ.

އެސްޓީއޯ އިން ބުނީ މިގޮތަށް ކޮންޓްރޯލްކޮށްގެން މި ތަކެތި ވިއްކި ނަމަވެސް ތަކެތީގެ ސްޓޮކްގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލްކޮށް ވިއްކަން ފަށާފައިވާއިރު، ބާޒާރުގައި މިތަކެތީގެ އަގު ވަނީ ބޮޑު ތަނުން މައްޗަށް އަރާފައެވެ.

އެގޮތުން ކުރިން 300 ރުފިޔާއަށް ފިޔާ ބަސްތާއެއް ލިބެން ހުރި އިރު، މިހާރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 800 ރުފިޔާއަށެވެ. މިހާރު ފިޔާ ކިލޯއެއްގެ އަގަކީ 50 ރުފިޔާ އެވެ.

އަލުވި ބަސްތާއެއް މިހާރު 400 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ވިއްކާ އިރު ބިސް ކޭހެއްގެ އަގު އުޅެނީ 500 ރުފިޔާއަށް ވުރެ މަތީގައެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި ތަކެތީގެ އަގު މައްޗަށް އަރާފައި މިވަނީ އަވައްޓެރި އިންޑިއާ އާއި ލަންކާ ލޮކްޑައުން ކޮށްފައި ވާތީ ތަކެތި ގެނައުމަށް ދަތިތަކާ ކުރިމަތިވެފައި ވާތީއެވެ.

ރާއްޖެއަށް އަންނަ ފްލައިޓްތައް ހުއްޓާލާފައި ވާއިރު މޯލްޑިވިއަން އެއާލައިނުން ވަނީ ބާޒާރުން ތަކެތި ހުސްނުވެ ލިބޭނެ ގޮތް ހެދުމަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަން ވިޔަފާރިވެރިންނަށް ފުރުސަތު ހުޅުވާލާފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް