ads
ރިޔާސީ ރޭހަށްފަހު މަޖިލީހުގެ ރޭހަށްވެސް ފާރިސް ނުކުންނަވަނީ
ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެކަން ފާރިސް މައުމޫން އިއުލާންކުރައްވައިފިއެވެ.

މީ އެ ދާއިރާގެ ގޮނޑިއަށް ފާރިސް ވާދަކުރައްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގައިވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ފާރިސް 607 ވޯޓާއި އެކު ވަޑައިގަތީ ތިންވަނަ އަށެވެ.

ފާރިސް ވިދާޅުވީ މަޖިލީހަށް ނުކުންނަވަނީ ރައްޔިތުންގެ ހައްގުގައި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކޮށް ދިވެހި ޤައުމަށް ބޭނުންވެފައިވާ މުހިއްމު އިޞްލާޙުތައް ގެނައުމަށް މަސައްކަތް ކޮށްދެއްވުމުގެ ނިޔަތުގައި ކަމަށެވެ. 

ފާރިސް ވިދާޅުވީ އަމިއްލަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަނީ ރައްޔިތުންނާ އޮންނަ ގުޅުން ނުކެނޑި، މެދުވެރިންނާއި އެހެން މަސްލަހަތު ތަކަށް ޖާގަ ނުދީ، ރައްޔިތުންގެ މަސައްކަތް ކުރެވޭނެ މެންބަރެއްގެ ގޮތުގަައި ހުންނެވުމަށްޓަކައި ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ފާރިސް މައުމޫން ވާދަކުރެއްވިއެވެ. 2979 ވޯޓާއި އެކު ފާރިސް ދިޔައީ ފުލުން 3 ވަނަ އަށެވެ. 

ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫންވެސް މި ފަހަރުގެ މަޖީހަށް ވާދަކުރެއްވުމަށް ޕީޕީއެމް / ޕީއެންސީ ޕްރައިމެރީގައި ވާދަކުރެއްވިއެވެ. ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ 70 ވޯޓާއި އެކު ދުންޔާއަށް ތިންވަނަ ލިބިވަޑައިގެން ޕްރައިމެރީގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް