ads
ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް މަޝްވަރާކޮށްފި
ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން މިހާރު ނަގަމުންދާ ޑިޔުޓީ ކުޑަކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކުރިޔަށް ގޮސްފައިވަނީ ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސް އޮފިޝަލުންނާ ބައްދަލުކުރެވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ކުރައްވަމުން ދާ ދަތުރުގެތެރެއިންނެވެ. 

މި ދަތުރަކީ ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރުމަށް ކުރެވިގެންދާ ދަތުރެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި އީޔޫ ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އީޔޫގެ ޕާލިމަންޓުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. 

އެ ބައްދަލުވުންތަކުގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ޒަމީރުގެ މި ދަތުރުފުޅުގައި އީޔޫގެ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ރާއްޖެ ތަމްސީލު ކުރައްވާނެ ކަމަށެވެ. 

އެ ބައްދަލުވުމުގައި ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން މިހާރު ނަގަމުންދާ ޑިޔުޓީ ކުޑަކުރުމުގެ އިތުރުން ވިސާ ނުނަގައި ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް