ads
ގޯތީގެ ރަޖިސްޓްރީ ދޫކުރަނީ އަޑުގެ ސެނެކޯގައި
"ބިންވެރިޔާ" ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުލިބި ހުރި ފަރާތްތަކަށް ހައުސިން މިނިސްޓްރީން ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރޭޑިޔޯ ބިލްޑިންގެ ސެނެކޯ މާލަމުގައެވެ. މިނިސްޓްރީން ވަނީ ބިން ލިބޭ ފަރާތްތަކުން އެ މިނިސްޓްރީގެ ނަމްބަރު 4004994 ނުވަތަ 4004794 ގުޅުމަށް އިލްތިމާސްކޮށްފަ އެވެ.  


ބިންވެރިޔާގެ ސްކީމްގެ ދަށުން 9101 މީހުންވަނީ ކުރިމަތިލާފައެވެ. އޭގެތެރެއިން މިދިޔަ ސަރުކާރު ނިމުނުއިރު 7987 ރަޖިސްޓްރީވަނީ ދޫކޮށްފައެވެ.  އަދި ބާކީ ހުރި 1114 ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ބިންވެރިޔާ ސްކީމްއަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ 9،000 ގޯތި ދޫކުރަން ވަނީ ނިންމާފައިވާއިރު 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ. ހުޅުމާލެއާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް