ads
އޫރިދޫ
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މާޗު މަހު ބާއްވަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ހާމަކުރެ އެވެ. 

އެ ކުންފުނިން ބުނީ، މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަދި، ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާއަށް ފާސްކުރަން ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރެވޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.

މި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް