މި ދަތުރުފުޅުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ލަތީފް ގެ އިތުރުން އެ ކުންފުނީގެ އިސްވެރިންގެ ޓީމެއް ބައިވެރިވެފައިވާކަމަށް އެ ކުންފުނީގެ އެކްސް އެކައުންޓުގައި ބުނެފައިވެ އެވެ.
މި ދަތުރުގައި އެ ޓީމުގެ ބޭފުޅުން ތ.ވޭމަންޓޫގެ ފެނަކާގެ މުވައްޒިފުންނާއި ބައްދަލުކޮށް އެ ރަށުގެ ފެނަކާގެ ބުރާންޗުގެ ހާލަތު ބައްލަވާނޭކަމަށް ފެނަކާ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ރަށު ކައުސިލްގެ މެމްބަރުންނާއި ބައްދަލުކޮށް ފެނަކާއިން އެރަަށަށް ފޮރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮށް އިތުރު ތަރައްގީ ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން މި ދަތުރުގައި އެ އަތޮޅުގެ ވަންދޫ އަދި ކިނބިދޫ އަށް ޒިޔާރާތްކޮށް އެ ރަށުގެ ފެނަކާގެ ބްރާންޗުގެ މުވައްޒިފުންނާއި ބައްދަލުކުރައްވާ އެ ރަށުގެ ބްރާންޗުގެ ހާލަތާއި މެދު ހިޔާލު ބަދަލު ކުރައްވާފައިވާކަމަށާއި އެ ރަށުގެ ކައުސިލް އާއި ބައްދަލުކޮށް އެ ރަށުގެ ފެނަކާގެ ހިދުމަތްތައް ފުޅާކޮށް ރަނގަޅުކުރާނޭ ގޮތުކާއި މެދު މަޝްވަރާކުރެވުން ކަމަށް ފެނަކާއި ފާހަގަ ކުރެ އެވެ.