ads
މި މަހުގެ 12 ވަނަ ދުވަހު ޕުޓިން ތުރުކީއަށް ވަޑައިގަންނަވަނީ
ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން މި މަހުގެ 12 ވަނަ ދުވަހު ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅުގައި ޕުޓިން ތުރުކީގެ ރައީސް ތައްޔިބު އުރުދުއާން އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ދަތުރުފުޅު ވެގެންދާނީ ރަޝިޔާ އަދި ޔޫކްރެއިން ހަނގުރާމަ ފެށިފަށުން ނޭޓޯގެ މެންބަރު ގައުމަކަށް ޕުޓިން ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

ޕުޓިން ތުރުކީވިލާތައް ވަޑައިގަންނަވަން ނިންމެވިރު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރިފައި އެބައޮތެވެ. މި އަމުރު ނެރިފައި ވަނީ ޔޫކްރޭންގެ ކުޑަ ކުދިންތަކެއް އެ ކުދިންގެ ބެލެނިވެރިންގެ ހުއްދައާނުލައި ރަޝިޔާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގަ އެވެ. މި ތުހުމަތު ރަޝިޔާއިން ދޮގުކޮށްފައިވާއިރު ފާހަގަކޮށްލެވެނީ ރަޝިޔާއަކީ އައިސީސީ ގެ މެންބަރު ގައުމެއް ނޫންކަމެވެ. ވުމާއިއެކު މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

މިކަމާ ގުޅިގެން ހުސްވި އަހަރުގެ މާރޗް މަހުން ފެށިގެން ޕުޓިން ރަޝިޔާއިން ބޭރަށް ކުރާ ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. އަގި ރަޝިޔާއާއި ހުޅަގުގެ ގިނަ ގައުމުތަކާއި އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ވެސް ތުރުކީ/ރަޝިއާ ގުޅުމަށް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ. 

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ ގޮންޖެހުންތައް ކަމަށްވާ ކާބޯތަކެތި ލިބުން ދަތިވުމާއި، ދަރަނި އިތުރުވުން އަދި ހަކަތައިގެ އަގު އުފުލުމާއި ބެހޭގޮތުން ޕުޓިން އާއި އުރުދުގާން ވަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް