ads
ބައްސާމް އަދީލް ޖަލީލް
ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ބައްސާމް ޗެއަރކުރާގޮތަށް ކޮންގްރެސް ބާއްވަނީ
ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލިފައިވަނިކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޗެއަރކުރާ ގޮތަށް އަންނަ ހަފްތާގައި އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.

އަންނަ ހަފްތާގައި ކޮންގެރްސް ބާއްވަން އެފްއޭއެމުން ނިންމާފައިވަނީ އޮންލައިންކޮށެވެ. ކޮންގްރެސްގެ އެޖެންޑާ، އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެޖެންޑާގައިވާ ގޮތުން ޖުޑިޝަލް ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމީޓީތަކަށް މެންބަރުން އައްޔަން ކުރާނެ އެވެ. 

މިއީ މީގެ ހަތަރު އަހަރުން ކުރިން ހަތަރު އަހަރު ކުރިން އެފްއޭއެމުން ހަދަންޖެހޭ ކޮމިޓީތައް ނުހަދައި އޮތުމުން އެ ކޮމިޓީތައް އެކުލަވާލަން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެކެވެ. މި ކޮންގްރެސް ބާއްވަން އެފްއޭއެމަށް މަޖުބޫރުވީ، އެ އިދާރާއިން ބާއްވަން އުޅުނު އިންތިހާބު ފީފާއިން ހުއްޓުވުމުންނެވެ. 

އަންނަ ހަފްތާގައި އެކްސްޓްރާއޯޑިނަރީ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު، ބައްސާމްއާ ދެކޮޅަށް ޖިނާއީ ދައުވާތަކެއް ކޯޓުގައިވަނީ އުފުލާފައެވެ. އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް