ads
އެއާޕޯޓްގައި ހަދާ އައު ޓާމިނަލްގެ އޭރޯ ބްރިޖްތައް ހަރުކުރުމުގެ ތެރެއިން
އެއާޕޯޓްގެ ރީތިކަން ފެންނަން ފަށައިފި، އެއިރޯ ބްރިޖްތައް ހަރުކަރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ދށުން އައު ޓާމިނަލްގައި ހިމެނޭ އެއިރޯ ބްރިޖުތައް ހަރުކުރަން ފަށަފިއެވެ. އަލަށް ހަދާ އެއާޕޯޓް ތަރައްޤީކުރަމުން އަންނަނީ ސީދާ ޓާމިނަލުން ބޯޓުތަކަށް އެރޭ ގޮތަށެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގެ އައު ޓާމިނަލް އަޅަން ސައުދީގެ ބިން ލާދިން ގްރޫޕާއި ހަވާލުކުރީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ. 7 މިލިއަން މީހުންނަށް އެއްފަހަރާ ހިދުމަތްދެވޭ މި ޓާމިނަލްގެ މަސައްކަތް މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މާބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުން ވަނީ ޓާމިނަލްގެ ޑިޒައިން ދިވެހިވަންތަ ޑިޒައިނަކަށް ބަދަލުކޮށް އެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.

މި މަޝްރޫއު މަސައްކަތް އަވަހަށް ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކެވެ.

your imageއެއާޕޯޓްގައި ހަދާ އައު ޓާމިނަލްގެ އޭރޯ ބްރިޖްތައް ހަރުކުރުމުގެ ތެރެއިން 

ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މިއަހަރުގެ ފަހު ކުއަޓަރ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއާޕޯޓްގެ އާއްމުކޮށް ހުޅުވާ ބޭނުންކުރެވޭ ހިދުމަތްދޭން ފެށުމެވެ.

your imageއެއާޕޯޓްގައި ހަދާ އައު ޓާމިނަލްގެ އޭރޯ ބްރިޖްތައް ހަރުކުރުމުގެ ތެރެއިން

އައު މަޝްރޫއު ދަށުން ކާގޯ ޓާމިނަލް 100.000 މެޓްރިކް ޓަނުން 300،000 ޓަނަށް އިތުރުކުރެވޭނެއެވެ. އަދި މަތިން ދާބޯޓް ޕާކިން ޖާގަބޮޑުވެ 34 ފްލައިޓުން 74 ފްލައިޓަށް އިތުރުވެގެންދާނެކަމަށެވެ. އަދި މަޝްރޫއު ނިމިގެންދާއިރު އެއާޕޯޓްގައި އިތުރު 1000 ވަޒީފާ އުފެދިގެންދާނެކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް