ads
އެސްޓީއޯގެ ބޯޑް ޑިރެކްޓަރަކަށް ރީޝާ ހަމަޖައްސައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑް ޑިރެކްޓަރަކަށް ރީޝާ އަބްދުލް މުހައިމިން ހަމަޖައްސައިފި އެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ރީޝާ މިއަދު އައްޔަން ކުރުމާއެކު، އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.

ޕީސީބީން ވަނީ މިފަހުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެ ކުންފުނީގެ ބޯޑު މެންބަރަކަށް ދާނިޝް މުހައްމަދު އަމީން ވަނީ ހަމަޖައްސާފަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގައިސް އިސްމާއީލް ވަކިކުރުމަށްފަހުގަ އެވެ.

މީގެއިތުރުން އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުރި ހާމިދު ނަޝީދު މަގާމުން ވަކި ކުރުމަށްފަހު، ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެ މަގާމަށް އާމިރު މަންސޫރު ވަނީ ހަމަޖައްސާފަ އެވެ.

އެސްޓީއޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ ޝިމާދު އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް