ads
ޖޫރިމަނާ ނުދެއްކުމުން އެފްކޮންސްގެ މައްސަލަ އީޕީއޭއިން ކޯޓަށް ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރާ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމުގެ ޖޫރިމަނާ، އެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނިން އެއް މަސްދުވަސްތެރޭގައި ދައްކާފައި ނުވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
Advertisement

އެފްކޮންސްއިން ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ކައިރީގައި އޮއްވާ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާޅުތަކާއެކު އެ ޕްލެޓްފޯމް ވަނީ ވިލިމާލޭ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ މައްސަލައާއި ގުޅިގެން އީޕީއޭ އާއި އެފްކޮންސްއިން ހެދި ދިރާސާ އަކަށް ފަހު، އީޕީއޭއިން ވަނީ 69.4 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާކޮށްފަ އެވެ. 

އެފްކޮންސް ޖޫރިމަނާކުރަން އީޕީއޭއިން ނިންމުމާއި ގުޅިގެން އެ ކުންފުނިން އެންވަޔަރަމެންޓް މިނިސްޓްރީގައި އެ މައްސަލަ އިސްތިއުނާފުކުރި އެވެ. ނަމަވެސް މިނިސްޓްރީން ނިންމީ އެފްކޮންސްއިން ދައްކަންޖެހޭ ޖޫރިމަނާ ފައިސަ މައާފުނުކުރުމެވެ.

މީގެއިތުރުން ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ސިވިލް ކޯޓުގައި އެދުމުން ސިވިލް ކޯޓުން ވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.

ބްރިޖުގެ މަސައްކަތުގައި އެފްކޮންސްއިން ބޭނުންކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ ހަތަރު ހިސާބަކަށް ޕްލެޓްފޯމްގެ ފައިތައް ވަދެ، އިސްކޮޅަށްވުރެ ފުން ވަޅުގަނޑުތައް ހެދިފައިވެ އެވެ. އަދި އެ ޕްލެޓްފޯމް ފަރުމަތިން ފުންކުރީ ފަރަށް އެރިތާ ދެ ހަފްތާ ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް