އެމްއެފްޑީއޭ އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ 2015 ވަނަ އަހަރު އާއްމުކޮށްފައިވާ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި ބަޔާންކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުމަށް މިހާތަނަށް ހުއްދަ ދެމުން ދިޔައީ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށާއި ނަމަވެސް މިހާރަކަށް އައިސް އެ ތަކެތި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރާ ކަމަށެވެ.
މި ގަވާއިދުގައި ރަޖިސްޓްރީކޮށްގެން އެތެރެކުރެވޭ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
މި ގަވާއިދުގައި ބުއްފުޅި އާއި ބުއްފުޅީގެ ތުން ރަޖިސްޓްރީ ކުރަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭއިރު މިފަދަ ތަކެތި އެތެރެކުރާ ވިޔަފާރިތަކުން މި އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ފަހުން މިތަކެތި އެތެރެކުރާއިރު ރަޖިސްޓްރީ ކުރަން ވަނީ އަންގާފަ އެވެ.