ads
މަސްވެރިއަކަށް ރައީސްގެ ޖަވާބު؛ ލޯނެއް ނަގައިގެން ނަމަވެސް ނުދެވިހުރި ފައިސާ ދޭނަން
މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

މަސްވެރިއެއް ކަމަށް ހދ. ނޮޅިވަރަންފަރު، ހިޖުރަ، އަބްދުލްގަނީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ. 

އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވި އެވެ.

ނިމިދިޔަ ސަރުކާރުގައި މިފްކޯއަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ނުދީ ހުރީ ފައިސާ މި ސަރުކާރުން ދެމުން ގެންދާއިރު، ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަންގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ނެވެ. 

އެގޮތުން މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މީހަކު އައްޔަންކުރުމަށް ވެސް މިހާރު ވަނީ ނިންމަވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެހާ މަސްވެރިންގެ ޝާމިލުވުން ހިމެނޭ ގޮތަށް "މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ" އެއް އެކުލަވާލުމަށް އެންމެ އެކަށޭނަ މޮޑެލްއަކާ ގުޅޭގޮތުން އެހެން ގައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމައާ އެކު އެއްބަސްވުމަކަށް އައުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިފްކޯ އޮތީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށްވާތީ މިފްކޯ އަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވާ މިފްކޯގެ ބޯޑަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް