ads
30 އަހަރުވީ ބައު އިންޖީނުގެ ނިންވާލާ, ފެލިދޫ ރައްޔިތުންނަށް ހަމަ ނިދި
ވ. ފެލިދޫގައި ބޭނުންކުރަމުން ދިޔަ ބައު އިންޖީނުގެ 30 އަހަރަށްފަހު ނިންވާލާ އައު އިންޖީނުގެ އިން ރަށަށް ކަރަންޓް ދޭން ފަށައިފިއެވެ.
Advertisement

ރަށުތެރޭ ހިންގަމުން އައި ބައު އިންޖީނުގޭގެ ގަދަ އަޑާއި ދުމުން ރަށުގެ ރައްޔިތުން އުފަލަމުން ދިޔަ ދުވަސްވީ ތަކުލީފުތައް މި ވަނީ ނިމުމަކަށް އައިސްފައެވެ.

ފެލިދޫ އައު އިންޖީނުގޭގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ މާރިޗު 17 ގައެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒަމާނީ އައު އިންޖީނު ގޭގެ ބިންގާ އަޅުުއްވައިދެއްވީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އަދި އެންސްޕާގެ ކުރީގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

your imageވ. ފެލިދޫ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެލިދޫ ބައު އިންޖީނުގެ ނިންވާލާ އައު އިންޖީނުގެ ހުޅުވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. 

ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިންގ އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިންގ ހޯލެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އިމާރާތެއްކަމަށެވެ. އަދި އެތަނަކީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ ކަސްޓަމަރސާވިސް ބިލްޑިން ހިމެނޭ ގޮތަށް އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ. 

your imageފެލިދޫ ބައު އިންޖީނުގެ. މިތަން ބޭނުންކުރާތާ 30 އަހަރު ވަނީ ވެފައި

ފެލިދޫ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރީ 2014 ވަނަ އަހަރުއެވެ. އައު އިންޖީނު ގޭގައި އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.  މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓްކްމަށް ސްޓެލްކޯއިން ބުނެއެވެ. 

your image ފެލިދޫ ބައު އިންޖީނުގެ ނިންވާލާ އައު އިންޖީނުގެއިން ހިދުމަތް ފަށަނީ

ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ. 

މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުންވެސް ވަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި ބައު އިންޖީނުގެތައް ނިންވާލާ މީހުން އުޅޭ ހިސާބާ ދުރުގައި ޒަމާނީ އިންޖީނުގެތައް އަޅާ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް