މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައިވަނީ އިއްޔެގަ އެވެ. މަޖައްލާގެ ނަމަކީ "އަހްބާރު" އެވެ.
އިއްޔެ ނެރިފައިވާ މި މަޖައްލާގެ ފުރަތަމަ އަދަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ އެންމެ ފަހުގެ ހަރަކާތްތަކާއި ކާމިޔާބީތަކުގެ އަދާހަމަ ހިމެނޭއިރު އޭގެތެރޭގައި އެ މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފުތިތާހުކުރުމާއި އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުއާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓު އިފްތިތާހުކުރި ހަބަރު ހިމެނެ އެވެ.
އަދި ސްކޫލު ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމި ހަބަރުގެ އިތުރުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާކުރި ހަބަރު ވެސް ހިމަނާފައިވެ އެވެ.
މި ސަރުކާރު ހަވާލުވި ފަހުން އެންމެ ހަރަކާތްތެރިކޮށް ފެންނަ އެއް މިނިސްޓްރީއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އެވެ. ވޭތުވެދިޔަ މުއްދަތުގައި އެ މިނިސްޓްރީން ގިނަ ކަންތައްތަކެއް ހާސިލުކޮށްފައިވެ އެވެ.