ads
ޝިޔާމް ހެދީ ކަނޑައެޅިގެން ބޮޑު ދޮގެއް، މީ ތަފްސީލް: އަމީރު
މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން އޮތްކަމަށް ބުނެ ފިޝަރީސް މިނިސްޓަރ ޝިޔާމް ދެއްކެވި ވާހަކަތައް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ.
Advertisement

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެ މައްސަލަ ބޮޑުވެ މަސްވެރިންގެ ޝަކުވާތައް ބޮަޑުވެފައިވަނީކޮށް ފިޝަރީޒް މީނިސްޓަރ ޝިޔާމް ވަނީ މަސްވެރިންނަށް ފައިސާ ނުދެވެނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ނިމިދިޔަ ސަރުކާރުގެ ބޮލުގައި އެ ޒިންމާތައް އަޅުވާފައެވެ. 

ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެކަންވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ހިސާބުތަކެއް އާއްމުކުރައްވަމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޝިޔާމް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއެކު ކުރީ ސަރުކާރުން ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސެވިމަމަށާއި މަސްވެރިންނަށް ފައިސާ ދޭން މިފްކޯ އަށް 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސައިދީފައިވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދީ ކޮންމެ ހަފުތާއަކުން މަސްވެރިންނަށް ފައިސާ ދޫކުރަމުން ދިޔަކަންވެސް އަމީރުވަނީ ފާހަގަކުރައްވާފައެވެ.

އަމީރު ވިދާޅުވީ މިދިޔަ ސަރުކާުރުގެ އެންމެ ފަގު ދުވަސް 16 ނޮވެމްބަރުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި  މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައްވެސް އަމީރު ވަނީ އެކްސްގައި ހިއްސާކުރައްވާފައެވެ.

your imageމަސްވެރިންނަށް މިދިޔަ ސަރުކާރުން ފައިސާ ދިން ގޮތާއި ބާކީ އެނގޭގޮތަށް އަމީރު އާއްމުކުރެވި ތަފްސީލް

ޝިޔާމް މިއަދު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް  މިފްކޯއިންދަނީ ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންކަމަށެވެ. އެހެންނަމަވެސް އެކަން ލަސްވަނީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ  މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރެގެންކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް