ads
އިންޑިއާ ސިފައިން ދޯނިތަކަށް އެރީ ކަނޑުގެ ގާނޫނާ ހިލާފަށް: ދިވެހި ސިފައިން
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ތެރޭ މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އެރި ބޭރުގެ އަސްކަރިއްޔާއަކީ އިންޑިއާގެ ކޯސްޓް ގާޑް ކަމަށް ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް މިރޭ ބުނެފި އެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރަށް އެންގުމެއްނެތި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ދިވެހި ސިފައިން ބުނެފަ އެވެ.

ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. އެ ޔޫނިއަނުން މިއަދު ވަނީ އެ ދޯނިތަކުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯ ނެގި މީހާ ކިޔައިދޭ ގޮތުގައި، ސިފައިން ވަނީ ދޯނީގައި ތިބި އެންމެން ދޯނީގެ ފަހަތަށް ގެންގޮސް ބައިތިއްބާފައެވެ. އެ އޮޑިވެރިން އިތުރު ސިފައިންނާއެކު ދޯނީގައި ތިބި މަންޒަރު ވެސް ވީޑިއޯއިން ދައްކައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދޯނީގެ ކައިރީގައި އިންޑިއާ ސިފައިންގެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ. އަދި ދުރުގައި އެފަދަ އެހެން މަނަވަރެއް އޮތް އިރު އެއީ ވެސް އިންޑިއާ ސިފައިންގެ މަނަވަރެއްކަމަށް ޔޫނިއަނުން މައުލޫމާތު ދެއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި، ހއ. ދިއްދޫ އިރު އިތުރުން 72 ނޯޓިކަލް ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ "ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި" ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި މި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 1 ފެބްރުއަރީ 2024ގައި [އިއްޔެ] ވާނީ ރަސްމީކޮށް ދަންނަވާފަ،" މިކަން ހިނގިތާ ދެ ދުވަސް ފަހުން، މިކަމާ ގުޅޭ ގޮތުން ސަރުކާރުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު ލިބުމާ އެކު ދޯނީގެ ލޮކޭޝަން ކަށަވަރުކޮށް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއް ގައި ހަރަކާތްތެރި ވަމުންދިޔަ ކޯސްގާޑް އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ދިއުމަށް ފުލް ސްޓީމު ގައި ދަތުރު ފެށި ކަމަށެވެ.

your imageއިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އަރާ

އެ ދަތުރު ފެށީ ސިފައިންގެ އެންމެ އިސްވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އަދި "ޝަހީދު އަލީ" އެ ސަރަހައްދަށް ގޮސް އަސުރުމާ-ތިނެއް ދޯނީގެ މަސްވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވުނު ކަމަށެވެ. އިތުރުު ދެ އުޅަނދަކަށް އިންޑިއާ ސިފައިން އެރިކަން އެނގުނީ އަސުރުމާ ދޯނި ކައިިރިއަށް ދިއުމުން ކަމަށް ވެސް ބުންޏެވެ. އިންޑިއާ ސިފައިން އެރި އަނެއް ދެ ދޯންޏަކީ މާހޯރަ-ތިނެއް އަދި ނިރު-ހަތެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް