ads
ސާވިކަލް ކެންސަރަށް ޖަހާ އެޗްޕީވީ ވެކްސިން ޖެހުމުގެ ފުރުސަތު
ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް "އެޗްޕީވީ" ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) ބުނެފިއެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ "ސާވިކަލް" ކެންސަރަކީ އަންހެނުންގެ ގައިން ފެންނަ ކެންސަރުތަކުގެ ތެރެއިން 4 ވަނައަށް އެންމެ އާންމު ބާވަތުގެ ކެންސަރެވެ. އަންހެނުންނަށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ އާންމު ދެ ކެންސަރުގެ ތެރެއިން އެއް ކެންސަރަކީވެސް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. 

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން "އެޗްޕީވީ" ވެކްސިން ޖެހުމުގެ ފުރުސަތު އެޗްޕީއޭއިން މި ވަނީ ހުޅުވާލާފައެވެ. އެ އެޖެންސީ ބުނީ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައި ހުރި ސްޓޯލަށް މިއަދު ޒިޔާރަތްކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. 

އުމުރުން 10 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން "އެޗްޕީވީ" ވެކްސިން ފުރިހަމަ ނުކޮށް ތިބި ކުދިންނަށް ވެކްސިން ލިބޭނެކަމަށާއި ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑް ގެނައުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކެންސަރު ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބާއްވާ އިވެންޓްގައި ގިނަ ހަރަކާތްތަކެއް ވަނީ ރާއްވާފައެވެ. އޭގެތެރޭގައި އަގައިގެ ކެންސަރަށް ސްކްރީން ކުރުމާއި ކެންސަރު ބައްޔާއި ގުޅޭ މުހިއްމު މައުލޫމާތުތައް ދިނުންވެސް ހިމެނެއެވެ. 

ފުރަތަމަ ދިވެހި އޮންކޯ ސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން މި ހަރަކާތުގައި ބައިވެރިވެޑައިގަންނަވައެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ 2050 ވަނަ އަހަރަށް ދާއިރު މިހާރު ކެންސަރު ޖެހޭ މީހުންގެ އަދަދު ހުރިވަރަށްވުރެ 77 އިންސައްތަ މައްޗަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެ ޖަމިއްޔާއިން ބުނީ 2022 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވި މީހުންގެ އަދަދު 9.7 މިލިއަނަށް އަރާނެކަމަށް ލަފާކުުރެވޭކަމަށެވެ.

ކޮންމެ 9 ފިރިހެނަކުން އެކަކު އަދި ކޮންމެ 12 އަންހެނަކުން އެކަކު މަރުވަނީ ކެންސަރު ބަލީގައިކަމަށްވެސް ޑަބްލިއު އެޗްއޯއިން އާއްމުކުރި ހިސާބުތަކުގައިވެއެވެ. އަދި ކޮންމެ 5 މީހަކު 1 އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކެންސަރު ބައްޔާއި ކުރިމަތިލާކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް