ޔަމަހާގެ ސައިކަލުތަށް ބުޑެތި ޑިސްކައުންޓް ތަކާއި ކުޑަ ޑައުން ޕޭމަނޓަކާއެކު ހޯދުމުގެ ފުރުސަތާއެކު އެލިޔާއިން ވަނީ ޕްރޮމޯޝަންގެ މައުލޫމާތު ހިއްސާ ކުރުމަށާއި ޔަމަހާގެ ޕްރޮޑަކްޓްތައް ދައްކާލުމަށް ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިއްޔެ އިވެންޓެއް ބާއްވާފަ އެވެ.
ކުޑަކުދިންނަށް ހާއްސަ ގޭމް ތަކަކާއެކު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެލިއާއިން ބުނީ ޔަމަހާ ރޯދަ ހަދިޔާ ޕްރްމޯޝަން ފެށިގެން ދާނީ 2700 ރުފިޔާއިން ކަމަށެވެ. އަދި މި ޕްރޮމޯޝަން 36 މަސް ދުވަހަށް ބަހާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެލިއާއިން މައުލޫމާތުދެ އެވެ.
އެންމެ ކުޑަ ޑައުން ޕޭމަންޓެއްގެ ގޮތުގައި 2700 ރުފިޔާ ކަނޑައަޅާފައި ވީ ނަމަވެސް ކަސްޓަމަރުންގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށް ރިއާޔަތްކޮށް، އެލިއާގެ ސޭލްސް ޓީމާއި މަޝްވަރާ ކޮށްގެން އެ އަދަދު ބަދަލު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައި ވާނެ ކަމަށް އެލިއާއިން ބުނެ އެވެ.
އެލިއާއިން ބުނީ އެ ކުންފުންޏަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މި އަހަރުގެ ރޯދަ މަހަށް ހާއްސަ އިތިރު ޕްރްމޯޝަނެއް ވެސް ފަށާފައި ވާ ކަމަށެވެ. އެގޮތުން ޔަމަހާގެ ޕްރްޑަކްޓެއް ގަތުމަށް 5000 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަމްގެ ނަސީބުވެރިޔާ ހޮވައި އޭޕްރީލް ނުވަވަނަ ދުވަހު އުމްރާ ދަތުރު ހަވާލު ކުރެވޭނެ ކަމަށް އެލިއާއިން ބުނެ އެވެ.
އިއްޔެ ބޭއްވި އިވެންޓްގައި ޔަމަހާގެ އެންމެ ފަހުގެ ސައިކަލުތައް ރުއްގަނޑު ސަރަހައްދުގައި ބަހައްޓާފައި ހުރި އިރު، ކަސްޓަމަރުންނަށް އެ ސައިކަލުތައް ޓެސްޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.
މީގެއިތުރުން އެލިއާގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ސައިކަލުގެ އަޑީތެޔޮ ބަދަލުކުރުމާއި ސައިކަލު ޑައިގްނޯސް ކުރުމުގެ ހިދުމަތް ވެސް އިއްޔެގެ އިވެނޓްގައި ވަނީ ފޯރުކޮށްދީފަ އެވެ.