ads
ކަނު އަނދީރީގައި ތިބެން ޖެހުން އާއްމުކަމަކަށް ވެއްޖެ: ނައިފަރު ކައުންސިލް
ޅ ނައިފަރުގައި ކޮންމެ ދެ ގަޑިއިރަކުން ކަރަންޓު ކެނޑި ކަނުއަނދީރީގައި ތިބެންޖެހުން އާއްމުކަމަށްވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އާބާދީގައި 6،000 ވަރަކަށް މީހުން ދިރިއުޅޭ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަކީ ދިގު މާޒީއެއް އޮތް ހައްލުނުވި މައްސަލައެއްކަމަށެވެ. 

ރަށުގެ އާބާދީއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަށް މައްސަލައެއް ޖެހިއްޖެނަމަ މުޅި ރަށުން ކަރަންޓް ކެނޑިގެންދާ ދިއުން މިހާރު އާއްމުކަމަށް ވެފައިވާކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދާދީފައި ނުވުމުން މިހާރު ރަށު ރައްޔިތުންނަށް ކަރަންޓް ދެމުން އަންނަނީ ދެގަޑިން ދެގަޑިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކަށް ގެއްލުން ލިބި އެކަމުގެ ޝަކުވާތައް ބޮޑުވެފައިވާކަމަށްވެސް ނައިފަރުން ކައުންސިލުން ބުނެއެވެ. 

ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ 2 ރޭ 2 ދުވަސްވެފައިވާއިރު އަދިވެސް ހައްލެއް ލިބޭނެ ދުވަހެއް ނޭގޭއިރު ކަން ރަނގަޅުކުރުމަށް ފެނަކަ ކުންފުނިން މަސައްކަތް ކުރަމުންދާތަން ނުފެންނަކަމަށްވެސް ނައިފަރު ކައުންސިލްގެ ބަޔާނުގައިވެއެވެ. 

"ރައްޔިތުންގެ ކަންބޮޑުވުން އޮތް މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުމަށް އެންމެ އެކަށީގެންވާ މަސައްކަތެއް މިއަދާއި ހަމައަށްވެސް ހިދުމަތް ފޯރުކޮށްދޭން މަތިކޮށްފައިވާ ކުންފުނީގެ ފަރާތުން ކުރަމުންދާކަމަށް ގަބޫލެއް ނުކުރެވޭ." ނައިފަރު ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކުރިޔަށް އޮތް ރަމަޝާންމަހު ކަރަންޓް ބޭނުންކުރާވަރު އިތުރުވެގެންދާއިރު މެނޭޖްކޮށްލެވޭވަރުގެ ކެޕޭސިޓީއެއް ނެތް އިރު ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެވޭ މިންވަރަށް ވަސީލަތްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާތަން ނުފެންނަކަމަސްވެސް ނައިފަރުގެ ކައުންސިލްގެ ބަޔާނުގައިވެއެވެ

ނައިފަރު ކައުންސިލުން ވަނީ އެރަށު ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާ ދަތި އުނދަގޫ ހާލަތު ބަދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ފެނަކަ ކޯޕަރޭޝަނަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް