2021 ވަނަ އަހަރު، ފޯ ނޭޝަންސް ކަޕު ލަންކާގައި އޮތް އިރު އެ މުބާރާތުން ރާއްޖެއަށް ދައުވަތު ދިނެވެ. އެކަމަކު، ފީފާގެ އެހީތެރިކަމާއެކު މި އަހަރު ބާއްވާ މުބާރާތުގައި ރާއްޖޭގެ ބަދަލުގައި ފުރުސަތު ދޭން ނިންމާފައިވަނީ ބޫޓާނަށެވެ. މި މުބާރާތް ކުރިއަށްދާނީ، ފީފާ ވޯލްޑް ސީރީސްގެ ނަމުގައެވެ. މިހާރު އޮތް ގޮތުން މުބާރާތް ކުޅޭނީ މާޗް 18 އިން 26 އަށެވެ.
މި ފަހަރުގެ މުބާރާތަށް ރާއްޖެއަށް ފުރުސަތު ނުދޭން ލަންކާ ފެޑެރޭޝަނުން ނިންމި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
2021 ވަނަ އަހަރު އޮތް މުބާރާތުގައި ކުޅުނީ ރާއްޖެއާ ލަންކާގެ އިތުރުން ބަންގްލަދޭޝްއާ ސީޝެލްސްއެވެ.