ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ނަޛްރާ ނަސީމް ކާމިޔާބު ކޮށްފިއެވެ.
މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓްރ އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޛްރާ ނަސީމް (ނަޒޫ) ޓިކެޓް ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.
ނަޛްރާ ވާދަކުރި އަބްދުއް ﷲ އަފީފުގެ މައްޗަށް ކުރި ހޯދީ 364 ވޯޓްގެ ތަފާތުންނެވެ. ނަޛްރާ ނަސީމަށް ލިބުނީ 434 ވޯޓެވެ. އަބްދުއް ﷲ އަފީފަށް ލިބުނީ 70 ވޯޓެވެ.
ނަޛްރާ އަކީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެވެ. މިދިޔަ ސަރުކާރުގެ ނަޛްރާ ހުރީ ރައީސް އޮފީހުގައި ނައިބް ރައީސް ޕްރޮޓޮކޯލް އޮފީހުގައެވެ.
އެމްޑީޕީން މިއަދު ބޭއްވި ޕްރައިމެރީގައި 40 ދާއިރާއެއްގެ ވޯޓްލުން ކުރިޔަށް ވަނީ ގެންގޮސްފައެވެ. މި 40 ދާއިރާގައި 149 ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ.