ads
މުދިމުންނާއި ހަތީބުންގެ ތަމްރީނު ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޝަހީމް
މުދިމުންނަށް ސައުދީ ދަތުރެއް، ޓިކެޓާއި ވިސާ ފައިސާ އަމިއްލައަށް ދައްކާ
މުދިމުންނާއި ހަތީބުން ސައުދީ ދަތުރެއް ޮއތްކަމަށް ބުނެ އެ ދަތުރުގެ ޓީކެޓާއި ވިސާގެ ފައިސާ އަމިއްލައަށް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންގައިފިއެވެ.
Advertisement

އިމާމުން އަމިއްލައަށް ބޮޑު ހަރަދެއްކުރަން ޖެހޭ ގޮތަށް ދަތުރެއް އޮތްކަން މުދިމުންނަށް އަންގާފައިމިވަނީ  އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށްވެސް ފޮނުވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަފްތާއެއްހާ ދުވަސްފަހުންނެވެ. 

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ފައްޓަވާ ދެއްވަމުން ވަޒީރު ޝަހީމް ވަނީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެކަމަށާއި، މާސްޓަރސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުޞަތުވެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނުވާން މަޝްހޫރު އަރަބި ޤައުމުތަކުގެ އިތުރުން ތައިލެންޑަށްވެސް ފޮނުވާނެކަމަށެވެ. އަދި އެ ޤައުމަށް ގޮސްފައި އެނބުރި އަންނަންވާނެކަމަށްވެސް މަޖާ ރާގަކަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

your imageމާލޭ ބައެއް މިސްކިތްކަުގެ އިމާމުން

މިސްކިތްތަކަުގެ އިމާމުން ތިބޭ ގްރޫޕަށް ިއސްލާމީ ކަންތައްތަކާއި ބެހެ ވުޒާރާއިން ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ލޮބުވެރި މުދިމުންނާއި އިމާމުންނަށް ސައުދީން ދަތުރެއް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުގައި 20 މީހުންނަށް ބައިވެރިވެވޭނެކަމަށާއި ދަތުރުގެ ޓިކެޓާއި ވިސާ ދައްކަންޖެހޭނީ އެ މުދިމަކު ނުވަތަ ހަތީބަކު އަމިއްލަ ޖީބުންކަމަށެވެ.  

" ދަތުރުގެ ތާރީހަކީ 8 ފެބްރުއަރީން 16 ފެބްރުއަރީއަށް ދަތުރުގެ ޓިކެޓާއި ވިސާ ފީ ދައްކާނީ ބައިވެރިން. ނަމަވެސް ދެން ހުރި އެންމެހައި އިންތިޒާމު ހިލޭ ހަމަޖައްސައިދެވޭނެ. " މުދިމުންނާއި ހަތީބުންނަށް ވުޒާރާއިން ފޮނުވި މެސެޖުގައި ވެއެވެ.

ސައުދީ ދަތުރުދާން ބޭނުންވާ އިމާމުން ފުރަންޖެހޭ ގޯގަލް ފޯމު މާދަމާގެ މެންދުރު 12:00 ގެ ކުރިން ފުރަން ވުޒާރާއިން ވަނީ އަންގާފައެވެ

ސައުދީ ދެކޮޅު ޓިކެޓާއި ވިސާއަށް ގާތްގަޑަކަށް 1000 ޑޮލަރާއި ގާތްކުރާ ވަރެއް ހަރަދުވާނެއެވެ. ވުޒާރާގެ މި މެސެޖާއި އެކު ބައެއް މުދިމުންގެ ފާޑިކިޔުންތައް ވަނީ ވަޒީރާއި ވުޒާރާއަށް އަމާޒުވެފައެވެ. ބައެއް މުދިމުން ބުނީ މީ މުދިމުންނަށް ކުރި ޖެއްސުމާއި ފުރައްސާރައެއްކަމަށެވެ. އަދި ލިބޭ މުސާރައިން ޓީކެޓާއި ވިސާއަށް ހަރަދުކޮށްފައި މަހުގެ ބާކީ ދުވަސްތަކުގައި ތިބެންޖެހޭނީ އެއްވެސް ހަރަދެއް ނުކޮށްކަމަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް