މިނިސްޓަރު ފޮނުއްވެވި ތަހުނިޔާގައި ވާ ގޮތުން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނައް އަދި ސަރުކާރަށް 76 މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ މިނިސްޓަރަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށާއި ވޭދަ ވެދިޔަ ތަނުގައި ރާއްޖެ އާއި ލަންކާގެ ދެމެދުގައި އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެއް ކަމުގަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ގާތް ގުޅުން އިތުރަށް ގާތްކޮށް އިތުރަށް ފުރިހަމަކުރަން ކުރެވެން ހުރި ކަންކަން ކުރިޔަށް އޮތް ތަނުގައި ކުރަމުން ގެންދަވާނޭކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ދެ ގައުމުގެ ތަރައްގީ ކުރުމަށާއި ރައްޔިތުންނައް އިތުރު ތަރައްގީއެއް ގެނެއުމަށްޓަކާއި ދެ ގައުމު ގުޅިގެން ކުރިޔަށް ދިއުން ވަރަށް މުހިންމުކަމަށާއި ދެ ގައުމުގެ ހަމަ ޖެހުމާއި ގައުމުގެ އިސްތިގްލާލު ދެމެހެއްޓުމަށް ދެ ގައުމުންވެސް ކުރަން ޖެހޭ ކަންކަން ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް އެ ތަހުނިޔާގައި ވާގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ހަމަ ޖެހުމާއި ރައްކާތެރިކަން އޮތުމަށް އެއްގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމުކަމު ގައެވެ.
އެ ތަހުނިޔާގައި މިނިސްޓަރު ވިދާޅުވީ ސްރީލަންކާގެ މި އުފާވެރި މިނިވަންދުވަހުގެ މުނާސަބަތުގައި އުފާފާގަތިކަމާއި ތަރައްގީ ސްރީލަންކާގެ އެންމެހާ ރައްޔިތުންނަށާއި ސަރުކާރުގެ އެންމެހާ ވެރިންނައް މިންވަރުކުރެއްވުމަށް ދުއާކުރާކަމުގައި އެވެ.