ads
ގޯތި ހަވާލު ކުރުމުގެ މަސައްކަތްވަރަށް ބާރަށް ކުރިޔަށް އެބަދޭ: ރައީސް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލެ ސަރަހައްދުން ގޯތިތައް ދޫކުރުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށާއި ގޯތި ރަޖިސްޓްރީ އާއި ލިޔުން މިހާރު ވެސް ދޫކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސްގެ ޖަވާބު ޕްރޮގްރާމުގައި އިބްރާހިމް ސަމާހު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދެއްވަމުން ރައީސް ވިދާޅުވީ ގުޅިފަޅުން، ގިރާވަރުފަޅުން އަދި ހުޅުމާލޭން ނިިމިދިޔަ ސަރުކާރުން ރައްޔިތުންނައް ދިން ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުން ދިނުމަށް އަދި ރަޖިސްޓްރީތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިޔަށް ދާކަމަށެވެ. 

ނުހިއްކާ އޮތް ތަންތަނުން ދޭންޖެހޭ ގާނޫނީ ލިޔުން ދޫކުުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި މި ލިޔުންތައް ހަވާލުކޮށް ނިންމާލެވޭކަމުގެ ޔަގީންކަން ރައްޔިތުންނައް ދޭކަމަށް ރައީސް ވިދާޅުވިއެވެ. 

"ބިންވެރިޔާ" ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުލިބި ހުރި ފަރާތްތަކަށް ހައުސިން މިނިސްޓްރީން ރަޖިސްޓްރީ ދޫކުރަން އަލުން ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. 

މިނިސްޓްރީން ބުނީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރޭޑިޔޯ ބިލްޑިންގެ ސެނެކޯ މާލަމުގައެވެ. މިނިސްޓްރީން ވަނީ ބިން ލިބޭ ފަރާތްތަކުން އެ މިނިސްޓްރީގެ ނަމްބަރު 4004994 ނުވަތަ 4004794 ގުޅުމަށް އިލްތިމާސްކޮށްފަ އެވެ.  
ބިންވެރިޔާގެ ސްކީމްގެ ދަށުން 9101 މީހުންވަނީ ކުރިމަތިލާފައެވެ. އޭގެތެރެއިން މިދިޔަ ސަރުކާރު ނިމުނުއިރު 7987 ރަޖިސްޓްރީވަނީ ދޫކޮށްފައެވެ.  އަދި ބާކީ ހުރި 1114 ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ބިންވެރިޔާ ސްކީމްއަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ 9000 ގޯތި ދޫކުރަން ވަނީ ނިންމާފައިވާއިރު 18955 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ. ހުޅުމާލެއާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވެއެވެ.

ސަރުކާރުން ހާމަކުރައްވާފައިވަނީ ހިއްކަމުންދާ ސަރަޙައްދުތަކުގައި މީހުން އާބާދުކުރުވާނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭންއަކާ އެކުގައި ކަމަށާއި، ބައެއް ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ފައިނަލް ކުރުމުގެ މަރުހަލާގައި އޮތްކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް