ads
ރިޔާސީ ބަޔާން މާދަމާ، މަޖިލިސް ރައިސާއި ނައިބަށް ނޯޓިސް ފޮނުވާފައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން މާދަމާ އޮންނާނެއެވެ.
Advertisement

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 09:00 ޖަހާއިރުއެވެ. ގާނޫނު އަސާސީ ބުނާގޮތުން މަޖިލިސް ހުޅުވާ ޖަލްސާގައި ޤައުމުގެ ހާލަތު ބާޔާންކޮށްދީ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަން އެކުލެވޭ ގޮތަށް ރިޔާސީ ބަޔާނެއް ހުށައަޅަންޖެހޭނެއެވެ. އެހެން އަހަރަުތަކުގައި މަޖިލިސް ހުޅުވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ. އެހެންނަަމަވެސް މިއަހަރު މަޖިލިސް ހުޅުވާ ދުވަސް ބަންދު ނުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. 

 ރައީސާއި ނައިބް ރައީސަށް ނޯޓިސް ފޮނުވާފައި 

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ މާދަމާ ބާއްވާއިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބް ރައީސް އަހްމަދު ސަލީމްގެ މައްޗަށް ިއތުބާރު ނެތްކަމުގެ މައްސަލަ ވަނީ ވައްދާފައެވެ. 23 މެމްބަރު ސޮޔާއިއެކު ސަރުކާރު ހިންގާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހުށައެޅި މައްސަލައިގެ ނޯޓިސް ވަނީ ފޮނުވާފައެވެ. 

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ނޯ ކޮންފިޑެންސްގެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އަމީން އާންމު ދޭން ޖެހެއެވެ. އެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނެފއިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ނުވަތަ ހުށައަޅާފައިވާ ޖަލްސާގައި ރިޔާސަތު ބަލަހައްޓަނީ ނައިބް ރައީސް ކަމަށެވެ. 

މަޖިލީހުގެ މަހިބާދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް ވިދާޅުވީ މާދަމާގެ ޖަލްސާގައި އަސްލަމާއި ސަލީމްގެ ބަދަލުގައި ރިޔާސަތުގައި އިންނަވަން ޖެހޭނީ އެހެން މެމްބަރެއްކަމަށެވެ. 

މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަށްފަހު އަސްލަމް ވަނީ މަޖިލީހުގެ ރައީސާއި ނައިބް ރައީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން އަލުން ކަނޑައަޅުއްވާފައެވެ. 

ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފއިވާ މެމްބަރުން 

  • އަޙްމަދު ސިޔާމް މުޙައްމަދު
  • ޤާސިމް އިބްރާހީމް
  • އަޙްމަދު ސަލީމް
  • ޢަބްދުލްޣަފޫރު މޫސާ
  • އަޙްމަދު ޢާމިރު

އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ތާވަލުކުރާނީ މިމަހުގެ 19 ވަނަދުވަހު ބާއްވާ ޖަލްސާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް