ads
ހުޅުމާލޭ އެމްއައިބީ ޑޮލަރު އޭޓީއެމް ހުޅުވުން - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑޮލަރު އޭޓީއެމްއެއް މިއަދު ހުޅުމާލޭގައި ހުޅުވައިފި އެވެ.

އެމްއައިބީން ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ގާއިމްކުރި ޑޮލަރު އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ އޭޓީއެމް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

ހުޅުމާލޭގައި ހުޅުވި މި ޑޮލަރު އޭޓީއެމްއިން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ދުވާލަކު 1600 ޑޮލަރު ނެގޭނެ އެވެ. އަދި އަމިއްލަ ފަރާތްތަކަށް ޖަމާކުރެވޭނީ ދުވާލަކު 12،000 ޑޮލަރު ކަމަށާއި ވިޔަފާރިތަކަށް ދުވާލަކު 32،000 ޑޮލަރު ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ. އަދި އެ އޭޓީއެމްއިން މަހެއްގެ މައްޗަށް ނެގޭނީ 10،000 ޑޮލަރެވެ.

ހުޅޫމާލެ ވަން އެވެނިއު ތިރީގައި ހުންނަ އެމްއައިބީގެ ބްރާންޗްގައި މިއަދު ހުޅުވި ޑޮލަރު އޭޓީއެމްގެ އިތުރުން ދިވެހި ރުފިޔާ ނެގޭ ދެ އޭޓީއެމް އެ ވެސް އެ ބްރާންޗްގައި ހުރެ އެވެ. އެމްއައިބީން ދަނީ މާލޭގައި ވެސް ތިން ޑޮލަރު އޭޓީއެމްއަކުން ހިދުމަތް ދެމުންނެވެ.

މީގެއިތުރުން ކަސްޓަމަރުންނަށް ހިދުމަތްދޭ ވަގުތު އިތުރުކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރި ނަމަވެސް އެމްއައިބީ ބަންދު ނުކުރަން އެ ބޭންކުން ވަނީ ނިންމާފަ އެވެ.

އެމްއައިބީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވަގުތުން އެކްޓިވޭޓު ކުރެވޭ ކޭޝްް ކާޑެއް ވެސް ތައާރަފު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް