ads
ހިޔަލަ ވީކެންޑް މާކެޓް ހަފްތާއަކު ތިން ދުވަހު ބާއްވަން ނިންމައިފި
"ހިޔަލަ ވީކެންޑް މާކެޓް" ގައި ކޮންމެ ހަފްތާއަކު ފުރުސަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް، ހަފްތާއަކު ތިން ދުވަހު އެ މާކެޓް ބޭއްވުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ނިންމައިފި އެވެ.

ހިޔަލަ ވީކެންޑް މާކެޓަކީ ހަފްތާ 14ގެ މަގު ޗާޓުގައި ވާގޮތަށް އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމާއެކު ބީސީސީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މާކެޓެކެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ފެށި މި މާކެޓް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގައި ހުކުރާއި ހޮނިހިރު ދުވަހު އެވެ. ނަމަވެސް ލިބެމުންދާ ތަރުހީބަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން، މާކެޓްގައި ތަކެތި ވިއްކުމުގެ ފުރުސަތު ދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް ކޮންމެ ހަފްތާއަކު ތިން ދުވަހު މާކެޓް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީސީސީން ބުނެފައިވެ އެވެ. 

ބީސިސީން ބުނީ މި ނިންމުމާއެކު ދެން މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ވީކެންޑް މާކެޓް ކުރިއަށް ގެންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނާ ޕާކު ސަރަހައްދުގަ އެވެ. އަދި މި މާކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެ އެވެ. 

މި މާކެޓުގައި ކާބޯތަކެއްޗާއި ތަފާތު ވައްތަރުގެ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާއިރު، މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް މި މާކެޓްގައިި ތަކެތި ވިއްކައި މާކެޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ބީސީސީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް