ads
ވެލެންސިޔާގެ ޗެއާމަން އަބްދުﷲ އަޒްމީން
ކޮންގްރެސްއަށް ވެލެންސިޔާއަށް ދައުވަތު ނުދޭ
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ފޮނުވާފައި ނުވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ދައުވަތު އެހެން ކްލަބުތަކަށް ފޮނުވާފައިވީނަމަވެސް ވެލެންސިއާ އަށް ފޮނުވާފައި ނުވާ ކަމަށް އެ ކްބަލުގެ ޗެއާމަން އަބްދުﷲ އަޒުމީން ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކަށް މިކަމާ ބެހޭގޮތުން އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ވެލެންސިއާ އަށް ވެސް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ

އެފްއޭއެމްގެ ކޮންގްރެސްއަށް ވެލެންސިޔާއަށް ދައުވަތު ފޮނުވާފައި ނުވާ ކަމަށް އެ ކްލަބުން ބުނާއިރު، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ކަންކަން ހޫނުވީ ވެލެންސިޔާގެ އެންޑޯސްމެންޓް ސިޓީއާއެކުއެވެ. 

އޭގެ ފަހުން ހިނގައިދިޔަ ގިނަ ކަންކަމަކީ ވެލެންސިޔާއާ ހިމެނިގެން ހިނގި ކަންތަކެވެ. އަދި ކޮންގްރެސް އިން ވެލެންސިއާ އެކަހެރި ކުރި މަށް އެ ކްލަބުން ބުނާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެ ކްލަބްގެ ކޮންޓްރޯލް މުޅިން ވަނީ ގެއްލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް