ads
ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް ނެތް: މަޖިލީހުގެ ރައީސް
ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުން ދެއްކެވި ވާހަކައިގައި އެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ދައުލަތުގެ އެހެން ބާރަކުން އިހުތިރާމު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެން ދާނެ ކަމެއް ކަމަށާއި ދައުލަތުގެ ތިން ބާރު ވަކި ކޮށް ގާއިމު ކޮށްފައި ވާއިރު، ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަން ޖެހޭކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެންދާނެ ކަމަށް އަސްލަމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގައިތުމަށް ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ އިހުތިޔާރު މަޖިލީހަށް ލިބިފައި އޮތްއިރު ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ މެޖޯރިޓީ ޕާޓީތަކުން ނިންމުމުން ސަރުކާރު މެމްބަރުން އިސްވެ ތިއްބަވައި މަޖިލިސް ވަނީ ހުއްޓުވާފަ އެވެ.

އާ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން މަޖިލީހުން 3 ވަޒީރަކަށް ރުހުން ނެތް ކަމަށްވަނީ ކުރިން ވަނީ ނިންމާފައި އެވެ. 

އެ ތިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ގެއެވެ.

ކެބިނެޓްގެ މި ތިން މެންބަރުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމުމާއެކު، އަލުން އެ ތިން ބޭފުޅުން ހަމަ އެ މަގާމްތަކަށް ސަރުކާރުންވަނީ އައްޔަންކޮށްފަ އެވެ. މި ތިން ބޭފުޅުންނަށް އެ ބޭފުޅުން ކުރިންވެސް ތިއްބެވި މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅުވެސް ވަނީ އެބޭފުޅުންނައް އަރުވާފައި އެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް