ads
ސިޔާސީ ބަދަލު ހިފުމުގެ ބޭނުމުގައި މީހުން ހައްޔަރެއް ނުކުރާނަން: ރައީސް
ސިޔާސީ ބަދަލުހިފުމުގެ ބޭނުމުގައި މީހުން ހައްޔަރުކޮށް އަދަބު ނުދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ގާނޫނޫގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނޭކަމަށާއި އެކަން ފުރިހަމަ ކުރުމުގެ ގޮތުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނަން. މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން ސާބިތުކަމާއެކު ދަންނަވަން," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު އަދި މިހާތަނަށް މި ސަރުކާރުގައި ސިޔާސީ ބޭނުމެއްގައި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. 

މީގެކުރިން ސަރުކާރުތަކުން ވަނީ އެކި ސަބަބުތައް ދައްކައިގެން ވެރިކަމާއި ހަވާލުވާތާ ގިނަ ދުވަހެއް ނުވެ އިދިކޮޅު ސިޔާސީ މީހުން އެއްވުންތަކުން ހައްޔަރުކޮށް ޖަލަށް ލާފައި އެވެ. އެ ގޮތުން ރައިސް މައުމޫނާއި ރައީސް ޔާމިންގެ ވެރިކަމުގައި އެ ވެރިކަންތަކާއި ދެކޮޅަށް ނިކުތް ގިނަ ސިޔާސީ ލީޑަރުންތަކެއް ވަނީ ހައްޔަރުކޮށް ދައުވާކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ދަންވަރު ގޭގައި ހުންނަވަނިކޮށް ހައްޔަރު ކުރެއްވިއިރު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގައި އިދިކޮޅުގައި ތިއްބެވި ގިނަ ބަޔަކު ސިޔާސީ އެއްވުންތަކުން ހައްޔަރުކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ. ރައީސް ސޯލިހުގެ ވެރިކަން ވެސް ފެނުނީ ސިޔާސީ ދައުވާ ގިނަ ސިޔާސީ ބައެއް މީހުން ތަފާތު ނަންނަމުގައި މުޒާހަރާތަކުން ހައްޔަރުކޮށް ގެންގުޅުނު ތަނެވެ. ހާއްސަކޮށް ސޯލިހުގެ ވެރިކަމުގައި އިދިކޮޅު ލީޑަރު ޔާމީން މައްޗަށް ދައުވާ ކޮށް ޖަލު ބަންދުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް