ads
މާފުށި ޖަލު
ވާނުވާ" ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށަނީ
ތަހްގީގަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވީ މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ. 

ރައީސް ވަނީ މި މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި މަޖިލީހުގެ މި ފެށޭ ދައުުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވައުދެއް. ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާޙު ހުށަހަޅާނަން.

ނިމުނު ރިޔާސީ އިންތިހާބު ދުވަސްވަރު ސަންގު ޓީވީން ރޭ ގެނެސްދިން ''އާސްކް މުއިއްޒު'' ޕްރޮގްރާމު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ވާނުވާގައި ތިބޭ މީހުންގެ މައްސަލަތައް އެ އޮންނަ އުސޫލު ތެރެއިން ގޮސް އިންސާފުވެރިކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ވާނުވާގައި ބަންދުގައި ބޭތިއްބުމުން ހައްގުތައް ގެއްލޭކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ގާނޫނުތައް ހަރުދަނާކޮށްގެން އެކަން ނިމުމަކަށް ގެންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

"[ވާނުވާ ބަންދުގައި] އަހަރެއް ދެއަހަރު ތިން އަހަރުވީމަ ހާދަ ބޮޑު އަނިޔާއެކޭ އެ ދެވެނީ. އެހެންވީމަ އެކަން ނިމުމަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ. އެއީ ވަރަށް މުހިންމު ކަމެއް." ނިމުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުއިއްޒު 20 ސެޕްޓެމްބަރ 2023 ގައި ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 400 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ ހުރިހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށް ގިނަ ޤާނޫނީ ވަކީލުން ވިދާޅުވެ އެވެ. 

"ވާނުވާ"އޭ ކިޔަނީ ބަންދު ކުރުމަށް ފަހު ވާނުވާ ނޭނގި ބަންދުގައި ތިބެން ޖެހޭތީ އެވެ. ބައެއް ފަހަރު ތަހުގީގު ނިމެންދެން އަދި ބައެއް ފަހަރު ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ތިބުމަށް ވާނުވާ ކިޔައެވެ. 

ވާނުވާގެ މައްސަލައަކީ އެންމެ ޝަކުވާ ބޮޑު އަދި އެކަމެއް ހައްލުކުރަން އެންމެ ގިނަ މަސައްކަތް ކުރެވުނު މައްސަލަކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެކަމުހެގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލް ވެސް އެކި ފަހަރު މަތިން ފާހަގަ ކުރައްވާފައިވެ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޖުލައި 2021ގެ އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި "ވާނުވާ" ބަންދުގައި އޭރު 400 މީހަކު ތިއްބެވެ. "ވާނުވާ"ގެ މިވަގުތުގެ ތަފްސީލު އަދަދެއް ސާފެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް