ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ސަރުކާރުގައި ކުރައްވަމުން އަންނަ ކަންތައްތަކާއ ކުރައްވަން ރާއްވަވާފައިވާ ކަންކަން ހިމެނޭ ގޮތަށް ދޮޅުގަޑިއިރުގެ ދިގު ރިޔާސި ބަޔާނެއް މިއަދު ދެއްވާފަ އެވެ.
މި ބަޔާނަށް ފާޑު ވިދާޅުވެ ޖޯކު ޖައްސަވަމުން ޖަމީލު ވިދާޅުވީ މީ މިހާތަނަށް ރައީސަކަު އިއްވި އެންމެ ދޯހަޅި ބަޔާންކަމަށާއި އަދިވެސް ދެކޮޅު ނުޖެހޭ ވާހަކަތައް ރިޕީޓް ކުރަމުން ޑރ. މުއިއްޒު ގެންދަވާކަމަށެވެ.
ޖަމީލް ވިދާޅުވީ ފެނުނީ ދުވަހަކުވެސް އެއްވެސް ވެރިއެއްގެ ކިބައިން ނުފެންނަ ފަދަ ހަރުކަށިކަންކަމަށާއި ވާހަކަ ދެއްކީ ހުސްގޮނޑިތަކަކާއި ކަމަށެވެ. އަދި މިއަދު މޮޅުވީ މަޖިލިހުގެ ރައީސާއި އެމްޑީޕީކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނުގެ ޝަރީޢަތް ލެސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން މިއަދާ ގުޅުވާ ރައީސް ޑރ. މުއިއްޒަށް ހިއްސާކޮށްފައެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވުމަކީ އެމަނިކުފާނަށް ކުރެވޭ އަނިޔާއެއްކަމަށެވެ. މި މުހިއްމު ދުވަހުގައި ރައީސް މުއިއްޒަށް ހަނދާންކޮށްދޭން ބޭނުންވަނީ ރައީސް ޔާމިންގެ ޝަރީޢަތް ހުއްޓިފައި އޮތްކަންކަމަށެވެ.
އަދި އިލްތިމާސަކީ ރައީސް ޔާމީން މިނިވަންކޮށްދެއްވުންކަމަށާއި އެކަން ރައިސް ޑރ މުއިއްޒަށް މިއަދު ވާން އެބައޮތް އޮތްކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަދުލުވެރިކަމާއި އިންސާފު ގާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާ ކުރައްވަން ޖެހޭ ވާޖިބުތައް އަދާ ކުރައްވާނެ ކަމަށާއި، ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.