ads
ސައުދީ މެރިން އެގްޒިބިޝަންގައި މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގެންފި
ސައުދީ އިންޓަނޭޝަނަލް މެރިން އެގްޒިބިޝަންގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފި އެވެ.

އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެގްޒިބިޝަނަކީ ގުޅުން ބަދަހިކުރުމަށާއި އިލްމާއި މައުލޫމާތު ހިއްސާކުރުމަށް ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.

ސައުދީގައި ބާއްވާ އެ އެގްޒިބިޝަނަށް ދައުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ޝިޔާމް ވަނީ އެ ގައުމުގެ އެންވަޔަރަންމަންޓު، ވޯޓާ އެންޑް އެގްރިކަލްޗާ މިނިސްޓަރު އަބްދުލްރަހްމާން އަބްދުލްމުހްސިނަށް ޝުކުރު އަދަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

މަހުގެ ބާވަތްތަކަށް ހާއްސަކޮށްގެން ސައުދީގެ ވެރިރަށް ރިޔާދުގައި ބާއްވާ މި އެގްޒިބިޝަންގައި ދުނިޔޭގެ 35 ގައުމަކުން ޖުމްލަ 120 ކުންފުނި ވަނީ ބައިވެރިވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް