ads
ރާއްޖޭގެ ދޯނިތަކަށް އިންޑިޔާ ސިފައިން އެރި މައްސަލަ ބަލަން ކުއްލި މައްސަލައެއް
ރާއްޖޭގެ ދޯނިތަކަށް އިންޑިޔާ ސިފައިން އަރާ މައްސަލަ ކުލި މައްސަލަ އެއްގެ ގޮތުގައި މަޖިލީހުން ބަލައިގަންފި އެވެ.
Advertisement

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލެއްވީ ސަރުކާރުން ވީ އެންމެ އަވަހަކަށް އެ މައްސަލާގައި ފިޔަވަޅުތައް އެޅުމަށެވެ.

މި މައްސަލަ ބަލައިގަތުމަށް މަޖިލީހުން ފާސް ކުރީ ހާޒިރުވެ ވަޑައިގެން ތިބި 54 މެމްބަރުންގެ އިއްތިފާގުން ނެވެ. 

ރާއްޖޭގެ އުތުރުގެ ސަރަހައްދު ގައި މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާގެ ދެ މަނަވަރެއް ގައި ތިބި ސިފައިން ހަތިޔާރާ އެކު އަރާ ދިވެހީންނާއި ސުވާލުކޮށްފައި ވަނިކޮށް އެމްއެންޑީއެފުން ވަނީ ދިވެހިރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެފައެވެ. އަދި އެ އުޅަނދުން ދަނީ އެ ސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް ދިވެހި ސިފައިން ވަނީ ބުނެފަ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ހާއްސަ އިގުތިޞާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނެޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހާއްސަ އިގުތިޞާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތް ސާބިތުކު ކުރިއަށްގގެންދިއުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގެ ތިން މަސްދޯންޏަށް އިންޑިއާ ސިފައިން އެރި ވީޑިއޯ ޔޫނިއަނުން އާންމު ކޮށްފައިވެ އެވެ. އެ ވީޑިއޯއިން އިންޑިއާގެ މަނަވަރެއް ފެންނައިރު އެއީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.

މި ހާދިސާ ހިނގި ފަހުން ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަކަށް އަރާފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެ އެވެ. އެކަމަކު މި މައުލޫމާތު އަދި ރަސްމީ މަސްދަރަކުން ކަށަވަރުކޮށްދީފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް