ads
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު----
މާލެ ސަރަހައްދުގެ ޖިމްތައް ބަންދުކުރަން އަންގައިފި
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައިވާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޖިމްތަކާއި، ކަސްރަތު ކުލާސްތައް ބަންދުކުރަން ޖެހޭނެ ކަމަށެވެ. 

"މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެ ނޫންވެސް އެފަދަ ކުލާސްތަކާއި، ގްރޫޕް ކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލުން،" އެ އެންގުމުގައި ވެއެވެ. 

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އެގޮތުން ޖިމްތައް ބަންދުކުރަން މިއަދު އަންގާފައި ވާއިރު، މާލޭގައި ޖިމް ހިންގާ ފަރާތްތަކުން މީގެ ކުރިން އަމިއްލައަށް އިސްނަގައިގެން ވަނީ އެ ތަންތަން ބަންދުކުރަން ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް