އެ މިނިސްޓްރީން މިއަދު ނެރުން ނޫސް ބަޔާނެއްގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުނ،ް ފުދުންތެރިކަން ނެތް މީހުން ހިލޭ ހައްޖަށް ގެންދިއުން ހިމެނޭކަމަށްށެވެ.
އެކަން ތަންފީޒު ކުރުމަށް ޓަކައި ހަމަޖެހިފައިވާ ގޮތުގެ އުސޫލުތައް މިއަދު ވަނީ އެ މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.
މި އުސޫލުގެ ބޭނުމަކީ ފަގީރުންނާއި މިސްކީނުންނަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދައުލަތުގެ ފަރާތުން ހިލޭ ފަހިކޮށްދިނުމާއި ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދާނެ މީހުން ހޮވާނެ ގޮތް ކަނޑައެޅުން ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް ގެންދާނެ މީހުންގެ އަދަދާއި ހަރަދު ހަމަޖައްސާނެ ގޮތް ބަޔާންކުރުމާއި ދިވެހި ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތް ބަޔާންކޮށްދިނުމާއި ޙައްޖަށް މީހުން ފޮނުވައިދިނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އުސޫލުގެ ދަށުން ހިލޭ ހައްޖަށް ގެންދާނެ މީހުން ހޮވާނ،ީ ވުޒާރާއިން އެކުލަވައިލާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ޝަރުތުތަކެއް ހަމަވާ ފަރާތްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ޝަރުތުތަކަށް ބަލާ އިރު
- މި އުސޫލުގެ ދަށުން އެ އަހަރަކު ޙައްޖަށް ގެންދާނެ މީހުން ހޮވުމުގެ ކުރިނ،ް އެންމެ ފަހުން މުދަލު ޒަކާތް ބަހައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވުން.
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތަކަށް ވުން
- އެ އަހަރަކަށް އިއުލާނުކުރާ އުމުރުފުރާއަށް ފެތޭ ފަރާތަކަށް ވުން
- ހައްޖުގެ އަޅުކަން އަދާކުރެވޭފަދަ ސިއްހީ ހާލަތެއްގައި ހުރި ފަރާތަކަށް ވުން
- މީލާދީގޮތުން އުމުރުން 69 (ފަސްދޮޅަސް ނުވައެއް) އަހަރު ފުރިފައި ނުވާ ފަރާތަކަށް ވުން.
މި އުސޫލުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ޙައްޖަށް ދިއުމަށް ޓަކައި ދެވޭނީ އެންމެ ޖާގައެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިކަމާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ހިމެނިގެންވެއެވެ.