ads
ގޯތީގެ ރަޖިސްޓްރީ ދޫކުރުން މި މަހުގެ ހަތްވަނަ ދުވަހު
"ބިންވެރިޔާ ސްކީމް" އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ދެމެދު ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނުކަމުގެ ލިޔުން ދޫކުރުން މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނ،ީ އެ ދުވަހަކަށް ސޮއިކުރުމަށް އަންނަ ފަރާތްތަކަށް ހާޒިރުވާނެ ގަޑި އަދި ތާރީހު މިނިސްޓްރީން އެފަރާތްތަކަށް އަންގާ ތަރުތީބަކުން ތާވަލް ކުރެވިގެން ކަމުގައި މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ އިތުރު މައުލޫމާތު ސާފުކުރުމަށް 4004994 އަދި 4004797 އަށް ރަސްމީގަޑީގައި ގުޅުމަށް އެދިފަ އެވެ.

ބިންވެރިޔާގެ ސްކީމްގެ ދަށުން 9101 މީހުންވަނީ ކުރިމަތިލާފައެވެ. އޭގެތެރެއިން މިދިޔަ ސަރުކާރު ނިމުނުއިރު 7987 ރަޖިސްޓްރީވަނީ ދޫކޮށްފައެވެ.  އަދި ބާކީ ހުރި 1114 ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ބިންވެރިޔާ ސްކީމްއަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ 9،000 ގޯތި ދޫކުރަން ވަނީ ނިންމާފައިވާއިރު 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ. ހުޅުމާލެއާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް