ads
ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާތީ ޖާބިރު އެމްޑީޕީން ބޭރުކޮށްފި
ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކާށިދޫ ދާއިރާގެ މެމްބަރު އަހްމަދު ޖާބިރު އެމްޑީޕީން ބޭރުކޮށްލައިފި އެވެ.
Advertisement

އެމްޑީޕީން ބުނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ޕާޓީގެ ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާކަމަށެވެ. އަދި ޖާބިރުގެ އެ އަމަލަކީ ޕާޓީއާ ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

އެމްޑީޕީން ބުނީ ޖާބިރު ޕަޓީން ވަކިކުރަން ނިންމީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހުކަމަށެވެ. އެމްޑީޕީން ޖާބިރު ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް ކަށިދޫ ދާއިރާގެ ޓިކެޓްވެސް ކަށްވަރުކޮށްފައިވަނިކޮށެވެ. 


އެމްޑީޕީން ބުނީ ޖާބިރު އަލުން ޕާޓީއާ ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށެވެ. 

އަދި ޕާޓީއާ ގުޅުމުގެ ފުރުސަތު ދިނަސް ޖާބިރު މެމްބަރަކަށްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެކަމަށްވެސް އެމްޑީޕީން ބުނެ އެވެ. 

އެންމެ ފަހުން 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގަތުމުން ވެސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެ އެވެ. 

ނަމަވެސް ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރައްވައި 18 ވަނަ މަޖިލިސް އިންތިހާބު ވެސް ކާމިޔާބުރެއްވި އެވެ.

އަދި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ހުންނެވުމަށްފަހު ޑީއާރުޕީ ކޮޅަށް ޖެހުމުގެ ސިޔާސީ މަސައްކަތުގައި އުޅުއްވުމަށްފަހު ޖާބިރު ނިމުނު ރައީސް ސޯލިހުވެރިކަމުގެ މައި ޕާޓީ އެމްޑީޕީ ގުޅިވަޑައިގަތީ ނިމުނު ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ގަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް