ސަރުކާރުގެ ސަޕޯޓް ބައްސާމަށް ނެތްކަމުގެ އިޝާރާތެއް ރައީސް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ޑރ. މުއިއްޒުވަނީ ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތާ މެދު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ފުޓްބޯޅައިގައި ސަރައްދީ ފެންވަރުގައި ވެސް މީގެ ކުރިން ރާއްޖެ ނުދާހާ ދަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅަ އަށް (އެކަނި) ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.