ads
ރިޔާސީ ބަޔާން: އަމީރު ސިފަކުރެއްވީ ތަސައްވުރެއް ނެތް ލިޔެފަ އޮތް މަޒުމޫނެއް ގޮތުގަ
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނަކީ ތަސައްވުރެއް ނެތް ލިޔެފަ އޮތް މަޒުމޫނެއް ގޮތުގަ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސިފަކުރައްވައިފި އެވެ.

މިރޭ "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިއަދު ރައީސް ދެއްވި ރިޔާސީ ބަޔާނަކީ "އެކްޓިވިސްޓުން ފާހަގަކުރަމުންދިޔަ" ފަދަ ރިޔާސީ ބަޔާނެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުން ފެނިގެން ދިޔައީ އެއްވެސް ތަސައްވުރެއް ނެތް، އެހެން މީހުންގެ ވާހަކަތައް ދެއްކެވި މަންޒަރު ކަމަށާއި، ކުރިއަށް އޮތްތާގައި ގައުމު ކުރިއަށްދާނެ ގޮތުގެ ތަސައްވުރެއް ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. 

"ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ ގައުމު ކުރިއަށްދާނެ ގޮތާމެދު، އެއްވެސް ވަރަކަށް ތަސައްވުރެއް ނެތް ގޮތަށް ހަމަ ލިޔެފަ އޮތް މަޒުމޫނެެއް ކިޔާލި ގޮތައް އަޅުގަނޑަށް ފާހަގަވަނީ." އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަމީރު ވިދާޅުވީ ރިޔާސީ ބަޔާނުގައި ފެނިގެންދިޔައީ ކުރީ ސަރުކާރު ކުށްވެރިކުރަން މަސައްކަތް ކުރެއްވި މަންޒަރުކަމަށާއި، ގެންނަ ސިޔާސަތުތަކުން ދާއިރާތަކަށް އަންނަ ކުރިއެރުންތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިނުވާކަމަށް އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަމީރު ވަނީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއަދު ރައީސް އިއްވެވި ރިޔާސީ ބަޔާން އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބޮއިކޮޓް ކޮށްފައެވެ. އެހެންކަމުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް