ads
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައަށް
ރަސްގެފާނު ޗާލްސްއަށް ވަނީ ކެންސަރު ޖެހިފައި: ބަކިންހަމް ޕެލަސް
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައަށް ކެންސަރު ބަލި ޖެހިފައިވާކަން ބަކިންހަމް ޕެލަސް އިން އިއުލާނުކޮށްފި އެވެ

ގަނޑުވަރުން ބުނީ މިފަހަރު ޕްރޮސްޓޭޓް އެންލާޖްމަންޓުގެ ފަރުވާއަކަށް ޑޮކްޓަރަށް ދެއްކިއިރު އެހެން މައްސަލައެއް ވެސް ފާހަގަވީ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން މިއަދު ރަސްގެފާނު ވަނީ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވައިފައެވެ. އަދި ފަރުވާ ހޯއްދަވާ މުއްދަތުގައި ރަސްގެފާނަށް އާންމުންނާ ބައްދަލުނުކުރެއްވޭނެ ނަމަވެސް، ފަރުވާ ހޯއްދަވައިގެން އާންމު މަސްއޫލިއްޔަތުތަކަށް ވީހާވެސް އަވަހަށް ރުޖޫއަވެވޭނެ ކަމަށް ރަސްގެފާނު އުއްމީދު ކުރައްވާ ކަމަށް ގަނޑުވަރުން ބުންޏެވެ.

ކެންސަރު ބަލީގެ ސްޓޭޖާއި ޕްރޮގްނޯސިސްއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

"ޓެސްޓުތައް ހެދި އިރު ކެންސަރުގެ ބާވަތަަކަށް ވަނީ ޑައިގްނޯޒްވެފައި،" ކެންސަރުގެ ބާވަތާއި އެކަމާ ބެހޭ ތަފްސީލް ދިނުމަކާނުލައި ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ރަސްގެފާނު ޗާލްސް، އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތް ނަމަވެސް، ރަސްމީ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ބަކިންހަމް ޕެލެސްގެ ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި ލިޔެކިޔުންތަކުގެ ސޮއި ކުރެއްވުމާއި އަމިއްލަ ބައްދަލުވުންތައް ވެސް ހިމެނެއެވެ.

ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ ލޭބާ ޕާޓީގެ ލީޑަރު ސަރ ކެއިރް ސްޓާމަރ އާއި ކޮމަންސްގެ ސްޕީކަރ ސަރ ލިންޑްސޭ ހޯއިލްއާއެކު ރަސްގެފާނަށް ފުރިހަމަ އަދި އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އަޅުވައި، ތަޚުތުގައި ރަސްމީކޮށް ވެޑުވީ މިދިޔަ އަހަރުގެ މެއި މަހުގެ ހަޔެއްގައެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބެތު ދެވަނަ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް