ads
ސަރުކާރުން ހިލޭ ހައްޖަށް ގެންދާ މީހުންގެ ލިސްޓު މިމަހު އާއްމުކުރަނީ
ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންގެ ލިސްޓު މިމަހު އާއްމުކުރައްވާނެކަމަށްް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑޜ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދަޅުވެއްޖެއެވެ.
Advertisement

އަމިއްލަ ހަރަދުގައި ހައްޖަށް ދިޔުމުގެ ގާބިލުކަން ނެތް 1000 މީހުން ދައުލަތުގެ ހަރަދުގައި މި 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ބޭނުންވާ އުސޫލުވެސް ސަރުކާރުން އެކުލަވާލާ މިހާރު ވަނީ އާއްމުކޮށްފައެވެ. ރައީސްގެ ވައުދާއެއް ގޮތަށް މިއަހަރު 50 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން އަންނަކަމަށެވެ. އަދި އެކަމަށް ހށާއްސަ ކޮމެޓީއެެއް އެކުލަވާލާ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް އޮތް 2 ހަފްތާގެ ތެރޭގައި ނިންމުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ޝަހީމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިބަލަނީ މިމަސްތެރޭގައި އެ 50 މީހުން ސިލެކްޓް ކުރެވޭތޯ. އެކަމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން އަޅުގަނޑުމެން އެފަރާތްތަކަށް އަންގާ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނަން." ޑރ ޝަހީމް ވިދާޅުވިއެވެ.

ސަރުކާރު ހަރަދުގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމުގެ އުސޫލުގައި ވާ ގޮތުން ހިލޭ ހައްޖަށް ގެންދާނެ މީހުން ހޮވާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. 

ހިލޭ ހައްޖަށް ގެންދާ މީހުންގެ ޝަރުތުތައް 

  • 69 އަހަރު ފުރިފައި ނުވުން 
  • ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވުން 
  • ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވުން 
  • ހައްޖުގެ އަޅުކަން އަދާކުރެވޭ ސިއްހީ ހާލެއްގައި ހުރުން
  • އެ އަހަރަކު ކަނޑައަޅާ އުމުރު ފުރައިގެ މީހަކަށް ވުން

ދައުލަތުގެ ހަރަދުގައި ހިލޭ ހައްޖަށް މީހުން ގެންދިޔުމުގައި ފުރަތަމަ ތިން އަހަރު، ހައްޖަށް ގެންދަން ސަރުކާރުން ނިންމާފައިވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މި ދައުރުގެ ފަހު ދެ އަހަރު ގެންދާނީ 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް