ސަފީރުން އައްޔަންކުރުމަށް ފޮނުވާފައިވަނީ ލަންކާ، މެލޭޝިޔާގެ އިތުރުން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށެވެ.
އައްޔަންކުރަން ފޮނުއްވި ނަންތައް
މި ބޭފުޅުންގެ ތެރެއިން ސްރީލަންކާއަށް އައްޔަން ކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެރެޓަރީއެވެ.
ގީލާ އަލީއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ވެރިކަމުގައި ހެލްތް މިނިސްޓްރީގެ ޕާމަންޓް ސެކެރެޓަރީކަމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދީ ގީލާ ވަނީ ވެރިކަންކުރާ ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ.