ads
"ވާނުވާ" ކަންތަކުގައި ޕީޖީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ
ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުން، ނުވަތަ "ވާނުވާ" ޝަރީޢަތްތައް ނުހިނގައި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާތީ، އެކަމަށް ޕީޖީ އޮފީހުން މަރުހަބާ ކިޔައިފި އެވެ.

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް އަބަދުވެސް ނުހަނު ކަނބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން މިއަދުވެސް ބުންޏެވެ.  

ޕީޖީ އޮފީހުން 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެ، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ހާލަތު ބަދަލުވޭތޯ ޕީޖީ އޮފީހުން ގަވާއިދުން އަންނަނީ ބަލަމުންނެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތުގައި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ކޯޓުތައް ހިނގާ ސްޕީޑާ އެވެ.

ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ ކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާ އުފާކުރައްވައެވެ. އަދި އެކަމުގެ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް ޕީޖީ އުންމީދުކުރައްވާ ކަމަށް އެ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް