ads
ފޮޓޯ: ރައީސް އޮފީސް
ރައީސް މަޑިފުށި ކައުންސިލާއި ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހަންމަދު މުއިއްޒު ތ. މަޑިފުށި ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސް އެރަށުގެ ކައުންސިލް އަދި އތމ ކޮމިޓި އާއި ބައްދަލު ކުރައްވާފައި ވަނީ އެ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަށުގެ ކައުންސިލުން ވަނީ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެރަށުގެ ކައުންސިލުން ވަނީ ނިމިދިޔަ ސަރުކާރުގެ އެއްވެސް މަޝްރޫއުއެއް ނިންމާފައި ނުވުމާއި މަޝްރޫއުތަކުގެ ފެންވަރުދަށްވުމުގެ އިތުރުން އެއްވެސް ރޭވުންތެރިކަމެއްނެތި ކަންކަން ފަށާފައިވާކަން ހިއްސާކުރައްވައި އެ މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަވައި އެކަންކަން ފުރިހަމަކޮށްދެއްވުމަށް އެދިލައްވާފަ އެވެ.

އެރަށު ކައުންސިލްގެ މައިގަނޑު ކަންބޮޑުވުމަކީ ވެސް އެއީއެވެ. މީގެ އިތުރުން އެރަށުގެ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއާއި އަތޮޅުގެ އެއާޕޯޓުތައް ގުޅިފައިވާކަން ފާހަގަކުރެއްވުމުގެއިތުރުން ހުއްޓިފައި ހުރި ފެނަކައިގެ މަޝްރޫއުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށާއި، ރަށުގެ ނަރުދަމާގެ ހިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ. 

އަދި ކައުންސިލުގެ އިހުތިސާސަށް ގެންނަން ބޭނުންވާ ބައެއް ރަށްތަކާއި އެކަމުން ރަށަށް ކުރާނެ ފައިދާތަކުގެ އިތުރުން ރިވެޓްމަންޓް މަޝްރޫއު އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި އޭގެ އިތުރުން ރަށުގެ ތަރައްގީއަށްޓަކައި މުސްތަގުބަލުގައި ރަށަށް ބޭނުންވާ ކަންކަން ވެސް ރައީސް އާއި ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެ އެވެ. 

މި ދަތުރުފުޅުގައި ރައީސް ވަނީ އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއިވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީއިންވެސް ވަނީ ބައެއް ކަންކަން ފާހަގަ ކޮށްފައެވެ.އޭގެތެރޭގައި ހިމެނެނީ ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، އެކޮމިޓީއަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް