ads
މަޑިފުށީގެ އިހްތިސާސުގެ ތެރެއަށް ކޮޅުފުށި އިތުރުކުރެވިގެންދާނެ: ރައީސް
މަޑިފުށްޓާއި ކައިރީގައި އޮތް ކޮޅުފުށި, މަޑިފުށީގެ އިހްތިސާސްތެރެއަށް އިތުރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި މަޑިފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރުމުގައި ބޮޑު ކާމިޔާބީތަކެއް މި ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށާއި މަޑިފުށި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި އުންމީދު ހާސިލު ކޮށްދެއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރަށުގައި މިހާރު ކުރިއަށް ގެންދާ ރިވެޓްމެންޓް މަސައްކަތް ކުރިއަދާއިރު ނުވަތަ އެނޫން ގޮތަކުން ވިއަސް އުފުލިއްޔާއާއި މަޑިފުށި ގުޅުވާލުމަކީ މިސަރުކާރުން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމެއް ކަމަށެވެ.

އުފުލިއްޔާ މަޑިފުއްޓާއި ގުޅުވާލުމުން އިގްތިސޯދީ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އުސޫލެއްގައިވާ ގޮތުން ނަމަ، ކޮޅުފުއްޓަކީ މަޑިފުށި އިހްތިސޯސްގެ ތެރޭގައި ހިމެނޭ ރަށެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ވަނީ ކޮންމެ ވެސް އެއްގޮތަކަށް އެ ރަށް މަޑިފުށި ކައުންސިލާއި ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ފަޅުރަށްތައް ކައުންސިލްތަކުގެ އިހްތިސާސަށް އިތުރުކުރުމުގެ ގަވާއިދު އަންނަ މަހު ތަންފީޒުކުރަންފެށުމާއިއެކު, ކައުންސިލްތަކުން ރަށްތައް އިހްތިސާސުގެ ތެރެއަށް އިތުރުކުރުމަށް ކައުންސިލް އެދުމަށް އިލްތިމާސްކުރައްވާފަ އެވެ.  

"އިގްތިސޯދީ އެތައް ކަމެއް ކުރެވޭނެ މަގު އަޅުގަނޑުމެން އެއޮތީ ފަހިކޮށްދީފަ. އެއީ ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި. ކައުންސިލް ބާރުވެރި ކުރުވީމަ، އިގްތިސޯދީ ފުރުސަތު ދިނީމަ، އޭގެއިން ރަށުގެ ރައްޔިތުންނަށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރި ތަކާއި އަމިއްލަ ފަރުދުންނަށް އެލިބެނީ އާމްދަނީ ހޯދުމުގެ ފުރުސަތު. އެއީ މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ލިބޭ ރަނުގެ ފުރުސަތެއް" ރައީސް ވިދާޅުވި އެވެ.

ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅުގައި ކޮޅުމަޑުލު މަޑިފުށީގެ އިތުރުން ގުރައިދޫ, ދިޔަމިގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ

ރައީސް އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެލައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް