ads
ބ. އަތޮޅުން 4 ފިނޮޅެއް 10 އަހަރަށް ކުއްޔަށް ދެނީ
ބ. އަތޮޅުގެ ހަތަރު ފިނޮޅެއް 10 އަހަރަށް ކުއްޔަށްދިނުމަށް އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.
Advertisement

ބ. އަތޮޅުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ  ވިލިނގިލިފަރު ފިނޮޅާއި ނުރައުފުރިފަރު ފިނޮޅާއި ގިރާވަރުގެ އިރުމަތީގައި އޮންނަ ފިނޮޅާއި ގިރާވަރުގެ ހުޅަނގުގައި އޮންނަ ފިނޮޅެވެ.

 ކުއްޔަށް ދޫކުރަން ނިންމާފައިވާ ފިނޮޅުތަކަކީ މީގެކުރިންވެސް ކުއްޔަށް ދޫކުރި ފިނޮޅުތަކެވެ. މިތަންތަން ކުއްޔަށް ދީގެން މީގެކުރިން އަހަރެއްގެ މައްޗަށް އެ ކައުންސިލަށް 2.4 މިލއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. 

ބ އަތޮޅު ކައުންސިލުން ބުނީ މި ފިނޮޅުތައް ކުއްޔަށް ދެނީ ސީއެސްއާރު މަޝްރޫއަކާއި އެކުކަމަށެވެ. އަދި ސީއެސްއާރުގެ ގޮތުގައި މަދުވެގެން 5 ލައްކަ ރުފިޔާ ހިމަނާ އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ބުނީ މި ފިނޮޅުތައް ކުއްޔައް ނަގަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށައަޅަންޖެހޭނީ މިމަހުގެ 22 ވަނަދުވަހުގެ 13:00 އަށްކަމަށެވެ. އަދި އެދުވަހު 13:05 ބީލަންތައް ހުޅުވުން އޮންނާނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް